ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރިތިކް ރޯޝަން އާއި އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދުގެ ޖޯޑަށް ލިބޭ ސަމާލުކަމާ ގުޅޭގޮތުން ސަބާ ވާހަކަދައްކައިފި އެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޫސްވެރިއަކު ވަނީ ސަބާގެ ހަޔާތާ ގުޅޭ ބައެއް ޒާތީ ސުވާލުތަކެއް ކޮށްފަ އެވެ. އެ ސުވާލުތުގެ ތެރޭގައި ރިތިކާއި ސަބާގެ ޖޯޑަށް އާންމުންގެ ސަމާލުކަން ކުއްލި ގޮތަކަށް ލިބުމާ ގުޅިގެން، އެކަމާ މެދު ދެކޭގޮތް ހާމަކުރުމަށް އޭނާއާ ސުވާލުކޮށްފައިވެ އެވެ.
މި ސުވާލަށް ސަބާ ރައްދުދީފައިވާއިރު، އޭނާ ވަނީ، ކޮންމެ މީހެއްގެ ވެސް ޒާތީ ހަޔާތަކީ އެހެން މީހުން ބަލަން ޖެހޭނެ ކަންކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ތަރިންނަށް ވުމުގެ ސަބަބުން ޒާތީ ކަންކަމަކީ ހުޅުވިފައިވާ ފޮތެއް ފަދައިން އާންމުންނަށް ހިއްސާ ކުރަން ޖެހިފައިވާ ކަންތައްތަކެއް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ސަބާ ހާމަކުރިގޮތުގައި އޭނާ މިފަދަ ކަންކަމާ ދެކޮޅެވެ. އަދި ޒާތީ ކަންކަމަށް ސަމާލުކަން ލިބޭތީ ހިތްހަމަ ނުޖެހޭ ކަމަށާއި، އެފަދަ ސުވާލުތައް އިތުރަށް އޭނާއާ ނުކުރުމަށް ސަބާ އަންގާފައިވެ އެވެ.
ސަބާ އާއި ރިތިކު ފުރަތަމަ ވަރަށް ސިއްރުން އުޅުމަށް ފަހު، ފަހުން ވަނީ ރަސްމީކޮށް ގުޅުން އޮންނަކަން ހާމަކޮށްފައި އެވެ. އޭގެ ފަހުން އާއިލީ ބައްދަލުވުންތަކުންނާއި ޕާޓީތަކުން ރިތިކާއި ސަބާ އެއްކޮށް ފެނެ އެވެ.
ރިތިކާއި ސަބާ ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްތަކެއްވެފައިވާ އިރު،ރިތިކްގެ އާއިލާގެ ރުހުން ވެސް ސަބާއަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. އަނެއްކޮޅުން ރިތިކްގެ ކުރީގެ އަންހެނުން އަދި ދެ ދަރިންގެ މަންމަ ސުޒާން ޚާނަކީ ވެސް ސަބާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ.
			ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
		
			ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
		
			"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
		
								
								