އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ.
ފުވައްމުލަކުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރައީސް ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު ޖަލުގައި އޮންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަޕޯޓަރުން ވެސް އެއްވެ ޔާމީން މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލާފައިވެއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ޖަގަހަ ހުޅުވުން މިރޭ އޮންނާނެ އެވެ. އަދި އެއަށްފަހު ސަޕޯޓަރުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެ އެވެ.
މާދަމާ އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ގދ. ތިނަދު އަށާއި ގއ. ވިލިނގިއްޔަށެވެ.
މާލޭގައި ރޭ ވަނީ ރައީސް ސޯލިހުގެ ފޯރިގަދަ ކެމްޕެއިން ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާގައި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.
މާލޭ ކަސްޓޯޑިއަލްގައި ހުރި މީހަކު މަރުވެއްޖެ
އަޒީމްގެ ބަދިތައް ހެދީ އިހުގެ ގޮތަށް!
މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
