ފުލުހުންގެ އިންޓެލިޖެން އޮޕަރޭޝަންސް އޮފިސަރުގެ (އިންޓަނޭޝަނަލް ލިއޭޒަން) ގެ މަގާމަށް ހުށަހެޅުމަށް އެ އިދާރާއިން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ އެ މަގާމަށް ހޮވޭ ފަރާތަކަށް ކަނޑައަޅާފައިވާ މުސާރަ އާއި އެހެނިގެން އިނާޔަތްތަކަށް އެއްކޮށް 17،400 ރުފިޔާ ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ކޮއްތުގެ އިނާޔަތުގެ ގޮތުގައި ދުވާލަކު 160 ރުފިޔާ ލިބޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މަގާމަށް ހޮވޭ ފަރާތަކަށް ހިލޭ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެގޮތުން މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މަގާމަށް ހުށަހެޅޭނީ މިމަހުގެ 25 ވާ ބުދަ ދުވަހުގެ ކުރިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެދުވަހުގެ ހަވީރު 4 ޖެހުމުގެ ކުރިން މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
75 ވަނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާނީ ޔުއީން!
ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުވާ މައްސަލަ ފަށަނީ
