މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތުގެ ދަރަނި ދެއްކުމަށް 278.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މިއަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުން ހަރަދުކޮށްފައިވަނީ 664.5 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުތަކާއި، ކެޕިޓަލް ޚަރަދުތައް ހިމެނެ އެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ސަރުކާރުން ލޯނުތައް ދެއްކުމަށް ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ.
އެގޮތުން މިއަހަރުގެ އެކަކުން ފެށީގެން ފަސްވަނަ ދުވަހާއި ހަމައަށް ދަރަނިތައް ދައުލަތުން 278.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވަކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ. މިދިޔަ އަހަރާއި އަޅައި ކިޔާއިރު، މި އަދަދު އިތުރުވެފައިވާއިރު، 2022 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދަރަނި ދެއްކުމަށް ހަރަދުކޮށްފައިވަނީ 18.5 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 89.3 މިލިއަން ރުފިޔާ މިއަހަރު ޚަރަދުކޮށްފައިވާއިރު 295.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާ އިދާރީ ޚަރަދުތަކަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މިއަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 61.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
			އޮފީސް ވަޒީފާތަކުގެ އަނދިރި ފަރާތް!
		
			މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
		
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
								
								