މާލެ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮލިދުށްފަރު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހިފުމަށް ފަހު މާކަނޑަށް ދޫކޮށްލައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ހިފާފައިވާ ކަމަށެވެ.
ސާދ ފޫޓުގެ މި ކިނބޫ އެ ސަރަހައްދުން ފެނުނީ އިއްޔެ އެވެ.
ނަމަވެސް ކިނބޫ ހިފާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ކިނބޫ ހިފުމަށް ފަހު ބޮލިދުއްފަރުގެ 24 ނޯޓިކަލް މޭލު ބޭރަށް މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ކ. ބޮލިދުށްފަރު ކައިރިން ކިނބޫ ފެންނަ ވީޑިއޯއެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.
ފިނޭންސް މިނިސްޓަރަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ