އެގާރަ ކިލޯ ކެނަބިސްއާއެކު މާލެ ސަރަހައްދުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މިއީ މިއަހަރު ފެށުނު ފަހުން މާލެ ތެރެއިން އަތުލައިގަތް ޑްރަގްގެ އެންމެ ބޮޑު ޝިޕްމަންޓެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކުރީ އިއްޔެ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކޮމިޝަނަރު ހަމީދު ވިދާޅުވީ މި އޮޕަރޭޝަނުގައި މާލޭގެ އެއް ތަަނަކާއި ހުޅުމާލޭގެ 4 ތަނެއް ބަލައި، ފާސްކޮށް، 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ.
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟
ހާއްސަ މުސީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި