ރާއްޖޭގައި ހިނގާ އެކި ބާވަތުގެ ކުށުގެ މާހައުލުގައި ކޮންމެވެސް އެއް މަރުހަލާއެއްގައި ބިދޭސީންގެ ބައިވެރިވުމެއްވާކަމަށް ފުލުހުން ބުނެފި އެވެ.
މިކަން ހާމަކުރައްވައި "ރާއްޖެޓީވީ@ގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވަނީ ކުށް ކުރުމުގެ އެކި މަރުހަލާތައް ވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެފަދަ ކޮންމެ މަރުހަލާއެއްގައި ބިދޭސީންގެ ބައިވެރިވުމެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ވައްކަމުގެ މިސާލެއް ދެއްވަމުން ޝުއައިބު ވިދާޅުވީ ވައްކަން ކުރުމާއި ހިސާބުން އެތަކެތި ރައްކާކުރުން ނުވަތަ އޭގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމާއި ހިސާބުން ކޮންމެ ވެސް ގޮތަކުން ބިދޭސީންގެ ބައިވެރިވުމެއް އޮންނަ ކަމަށް ފާހަގަވާ ކަމަށެވެ. ހަމައެހެންމެ މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، ކޮންމެވެސް އެއް މަރުހަލާއެއްގައި ނަމަވެސް ބިދޭސީންގެ ބައިވެރިވުމެއްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ފެންމަތިވަމުންދާ ޑޮލަރު ވިއްކުމާއި މީހުންނާށް އޮލުވާލައިގެން ޑޮލަރުގެ އެކި މުއާމަލާތްތައް ކުރުމުގެ މައްސަލަތަކުގައި ވެސް ބިދޭސީންގެ ބައިވެރިވުން ބޮޑުކަމަށް ޝުއައިބު ވިދާޅުވި އެވެ.
ޝުއައިބު އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި އާންމުންގެ ހޭލުންތެރިކަން މިހާރު ވަނީ އިތުރުވެފަ އެވެ. ނަމަވެސް އިތުރަށް ސަމާލުކަން ދެވޭނެ ކަންކަން އަދިވެސް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން އިތުރު ވަޒީފާއަށް އެދެފި
އަމާން ޓަވަރުތަކަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކުރަނީ
ދިދަ ނެގުމާއެކު ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށައިފި
