މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅިފައި ހުރެގެން، އެ ތެޔޮ ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީއާ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 09:10 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން، މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ކަޅުތެޔޮ ސާފުކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ކަނޑަށް އެޅޭ ތެޔޮ ސާފުކުރުމަށް ބޭނުން ކުރާ، 'އޮއިލް ބޫމް' އުޅަނދެއް ޖަޕާން ސަރުކާރުން ވަނީ ދާދިފަހުން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފަ އެވެ.
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"

ކަޅުތެޔޮ އެޅީ ކޮން ބައެއް؟ އެބަޔަކު ހޯދާ ފިޔަވަޅު އަޅާ.