މި އަހަރު އަންނަ އެންމެ ރީތި އެއް ތާރީހަކީ މިއަދުކަމަށްވުމާއެކު މިއަދު ފެމެލީ ކޯޓުގައި 58 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ފެމެލީ ކޯޓުން ބުނީ މިއަދު 25 ކާވެނި ރަސްމީ ގަޑީގައި ކޯޓުގައި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު 33 ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނުރަސްމީ ގަޑީގައި ކަމަށެވެ.
ފެމިލީ ކޯޓުގައި ގިނަ އަދަދެއްގެ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާތީ ކޯޓަށް ދުރުވާ ބޭފުޅުންނަށް ލުއިފަސޭހަ ކޮށްދީ އަވިން ސަލާމަތްވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކައިވެނި ޑިވިޜަންގެ މަގާ ވީ ފަރާތުގައި ޓެންޓު ޖަހާފައިވާ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުވެސް މާލޭގެ ފެމިލީ ކޯޓުގައި 29 ކައިވެނި ރަޖިސްޓްރީކޮށްދީފައިވެ އެވެ. އަދި މިދިޔަ މަހުގެ 11 ވަނަ ދުވަހު ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކޮށްގެން 16 ކައިވެނި ކޮށްފައިވެ އެވެ.
މި އަހަރު އެންމެ ގިނަ ކައިވެނި ކުރީ، މިއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22ގަ އެވެ. އެ ދުވަހު ފެމިލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައިވެ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު