ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑްކަޕް 2022 ގެ ތިންވަނަ ޓީމުގެ މަގާމު ހޯދި ކްރޮއޭޝިއާ ޓީމްގެ ކެޕްޓަން، ލޫކާ މޮޑްރިޗް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
މޮޑްރިޗް ރާއްޖެއަށް އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ ޗުއްޓީ ހޭދަކުރަނީ މާލެ އަތޮޅުގައި ހިންގާ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.
އުމުރުން 37 އަހަރުގެ މޮޑްރިޗް މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް ކްރޮއޭޝިޔާގެ ޓީމްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ކުޅުނު ހަ މެޗްގައި ވެސް މޮޑްރިޗް ކުޅުނެވެ. ވޯލްޑް ކަޕަށް ފަހު ކުޅުން ހުއްޓާލާނެކަން ކުރިން އިއުލާނު ކުރި ނަމަވެސް ފަހު މޮޑްރިޗް ވަނީ ކުޅުން ހުއްޓާ ނުލާނެކަން އިއުލާނު ކޮށްފަ އެވެ.
މޮޑްރިޗް ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ. އޭނަ މިހާތަން އެ ޓީމަށް 162 މެޗު ކުޅެ، 23 ގޯލް ކާމިޔާބުކޮށް ދީފައިވެ އެވެ.
ވޯލްޑް ކަޕްގެ މެޗްތަކަށް ފަހު ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން އެތައް މަޝްހޫރު ކުޅުންތެރިންނެއް އަންނަނީ ޗުއްޓީއަށް ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.
"މިނިސްޓަރަކަށް ހުންނަވައިގެން ފަރުމާކުރެއްވި މަޝްރޫއެއް ނެތް"
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
ފިޓްނަސް ކޯޗިން އިން އަޝަމްއަށް ލިބުނީ އާ ދިރުމެއް!