ދުބާއީގެ އެމިރޭޓްސް އިން ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓް މިއަދުން ފެށިގެން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިހާތަނަށް ދުވާލަކު ތިން ފްލައިޓް ބާއްވަމުން އައި އެއާލައިނުން ހަތަރު ފްލައިޓަށް ހެދުމުން ދުވާލަކު 1،400 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލުމުގެ ގާބިލްކަން ލިބޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އުފުލާފައިވަނީ އެމިރޭޓްސް އިންނެވެ. އެ އެއާލައިނުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 352 ދަތުރުކޮށް 33،769 ފަސިންޖަރުން އުފުލާފައިވެ އެވެ.
އެ އެއާލައިނުން ރާއްޖެއަށް ދަތުރު ހަފުތާއަކު 10 ފްލައިޓަށް އިތުރުކުރީ މިދިޔަ އޮކްޓޯބަރު މަހުކޮޅު އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާރު 20 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރެ އެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން
އެޕްސްޓީން ފައިލްތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!