ގޭހުގެ އުނދަގޫ ދިމާވާ މީހުން އެކަމުން ސަލާމަތްވުމަށް އެތައް ބައިވަރު ކަންތައް ކުރެ އެވެ. މިކަމުން ސަލާމަތްވުމަށް ބޭނުންކުރަން އެންމެ ރަނގަޅު އެކައްޗަކީ ހާބަލް ޓީ އެވެ.
އިނގުރު ސައި
މާ ގިނައިން ކެވުމުން ބަނޑަށް އުނދަގޫވީ ނަމަވެސް، ގޭހުގެ ސަބަބުން ބަނޑަށް އުނދަގޫވާ ނަމަވެސް ޖިންޖާ ޓީ ނުވަތަ އިނގުރު ސައި ފޮދެއް ބޯލާށެވެ.
ކުދީނާފަތު ސައި
އިނގުރު ކަމުނުދާ މީހުންނަށް މިއޮތީ މިންޓް ސައިގެ އޮޕްޝަން އެވެ. މިވެސް ބަނޑަށް ރަނގަޅު އެއްޗެކެވެ. ޑައިޓްތަކުގައި އުޅޭ މީހުން ވެސް މިންޓް ޓީ ޖޯޑެއް ބޯލުން ރަނގަޅެވެ.
ދަވިއްގަނދު ސައި
ދަވިއްގަނދު ފެން، ނޫނީ ފެނަލް މިއީ ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. ހާއްސަކޮށް ބަނޑުގައި ގޭސް ހުންނަ މީހުންނާއި ބަނޑުގެ އެކި މައްސަލަތައް ހުންނަ މީހުންނެވެ. މާ ގިނައިން ކެވުމުގެ ސަބަބުން ބަނޑަށް އުނދަގޫވާ ނަމަވެސް ދަވިއްގަނދު ފެން ޖޯޑެއް ބޯށެވެ.
މުއިއްޒުގެ ދިފާއުގައި ބަސް ބުނަން އަންގައިފި
ރަޝިޔާ އާއި ޗައިނާގެ ފްލައިޓްތައް އީރާނަށް ދަތުރުކުރަން ފަށައިފި
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އަދަދު ނޫހަށް ވަދެއްޖެ