މިދިޔަ ހަފުތާގެ ބުދަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާގެ އެންމެންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާ ގުޅޭ ހިސާބުގައި ހުންނަ މ. ނިރުފެހިގޭގަ އެވެ. ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައި ކަމަށެވެ.
އެ ހާދިސާގައި މަރުވެފައިވަނީ، އިންޑީއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެއީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންގެ އިތުރުން ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެކެވެ.
އެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު މީހަކަށް އައިޖީއެމްއެޗްގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!
ޑޮލަރުގެ އަގު ބޮޑުވަނީ ހަނގުރާމައާ ހެދިއެއް ނޫން: އަމްރު
