ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީކޮށްދިން ކަމަށް ބުނާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ސަސްޕެންޑްކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރުޝޫނާ ސަސްޕެންޑުކުރީ އިއްޔެ ކަމަށެވެ. އޭނާގެ މައްސަކަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
އޮފިޝަލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްފައި ވަނީ ރުޝޫނާކަން އެނގެން އެބައޮތް ކަމަށެވެ. އެ މިނިސްޓްރީގެ ޑިރެކްޓަރެއްގެ އަތުގައި އޮތް ސޮއިކުރުމުގެ ބާރު ރުޝޫނާއަށް ދީފައިވާ ކަމަށެވެ. އެއީ ކޮރަޕްޝަން ހިންގުމަށްޓަކައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވެ އެވެ.
މިކަމާ ގުޅޭގޮތުން ރުޝޫނާގެ ބަހެއް އަދި ނުލިބެ އެވެ. ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރިކަން ޓްރާންސްޕޯޓް މިނިސްޓްރީން އެންގީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މިހާތަނަށް އެ މިނިސްޓްރީން 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އުޅަނދުތައް އެކަމަކު ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތަކެވެ.
އޭގެތެރެއިން ނުވަ އުޅަނދެއްގެ ވެރިފަރާތުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.
އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެއީ ބާތިލް ރަޖިސްޓްރީއެއް ކަމަށް ނުބެލުމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
އެންޖެލީނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ސްކްރީނަށް ގެންނަނީ!
މުއިއްޒު ޕްރޮމޯޓްކުރަން ޕީއެންސީން 100 މީހުންނަށް ވަޒީފާ ދީފި

12000 ރުފިޔާ އަށް ލައިސަންސް ހަދާދޭ މިހާރުވެސް