ތ. ވަންދު އަށް ހައި ސްޕީޑް ފައިބަ އިންޓަނެޓުގެ ހިދުމަތް ތައާރަފު ކޮށްފި އެވެ.
އެ ކުންފުނިން ބުނީ ދިރާގުގެ ހިދުމަތްތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ހިދުމަތް ފެށީ އެ ރަށުގެ މީހުންނަށް ހާއްސަ އޮފާތަކަކާ އެކު ކަމަށެވެ. އެއީ ކަސްޓަމަރުންނަށް ހިދުމަތް ގުޅައިދިނުމާއި ރައުޓަރު ހިލޭ ދޫކުރުމެވެ.
ދިރާގުން ބުނިގޮތުގައި، އެ ކުންފުނީގެ ވަންދޫ ކަސްޓަމަރުންނަށް މިހާރު ހަލުވި ސްޕީޑުގައި، ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ދިރާގުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފައިބަ އިންޓަނެޓުގެ ހިދުމަތް އަންނަނީ ތައާރަފު ކުރަމުންނެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ތަރުކާރީ ކެއުމުގައި މިކަމަށް ސަމާލުވާތި!
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ