އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި މެމްބަރުންގެ މެދުގައި ޒުވާނު ބޮޑުވެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އެކަނި އެ ގްރޫޕަށް މެސެޖް ކުރެވޭގޮތް ހަދައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އަންނަނީ އެއްބަޔަކު އަނެއްބަޔަކަށް އެއްޗިހި ކިޔައި ޒުވާބު ކުރަމުންނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކާ މެދު ވެސް ދެ ފެކްޝަންގެ ދެމެދުގައި ހޫނު ބަހުސްތަކެއް އެ ގްރޫޕްގައި ކުރެ އެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފެކްޝަނުގެ މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވުމުން ދެ ފެކްޝަންގެ ޒުވާބު ވަޓްސް އެޕް ގްރޫޕްގައި އިތުރަށް ހޫނުވި އެވެ.
ޗެއާޕާސަން ފައްޔާޒަށް އެކަނި އެ ގްރޫޕަށް މެސެޖް ކުރެވޭގޮތަށް ސެޓިން ބަދަލުކުރީ ރޭގެ ވަގުތެއްގަ އެވެ.
މާ ގިނައިން ކަރު ހިއްކާނަމަ މިކަންކަމަށް ސަމާލުވޭ!
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި

ރަގަޅު ކަމެއް ކޮންދިން މީހަކަށް ލިބެންވާ ތެޔޮ ހަން މިހާރު ރައިސްނަސީދުއަށް ދެއްވައިފި ސާބަހޭ