ސ. ހިތަދޫގައި ގާއިމު ކޮށްފައިވާ ޕޮލިސް އެކެޑަމީއަކީ ދިވެހި ސަރުކާރުގެ ތަނެއް ކަމަށާއި އެހެން ގައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ މީދޫ އަދި ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ ޕޮލިސް އެކަޑެމީގެ ބޭނުމަކީ އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ގާއިމުވެގެން ތިބެވޭނެ ގޮތްތަކެއް ފަހިކުރުން ކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓުން ނުވަތަ ރާއްޖެ މިހާރު އޮތް އަޅުވެތިކަމުގެ ހާލަތަށްވުރެ ބޮޑަށް އަޅުވެތި ހާލަތަށް ދާނީތޯ ކަނޑައެޅިގެންދާނެ އިންތިހާބެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާ މިއުވާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ވާހަކައެއް ކަމަށެވެ. ޕޮލިސް އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ތަނެއްކަމަށާއި، އެއީ އެހެން ގައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫންކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
"އެތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ގައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެ" މިއުވާން ވިދާޅުވި އެވެ.
މިލިއަނަކަށް ވުރެ ގިނަ މާތަކުން އިސްތަންބޫލް ޖަރީވާ މޫސުމެއް!
މުކޭޝް ކައިވެނި ނުކޮށް ހުރި ސަބަބު!
ހަންޓާވައިރަސް އިތުރަށް ފެތުރުމުގެ ބިރު އެބައޮތް: ޑަބްލިއުއެޗްއޯ