އިމާރާތް ކުރުމަށް ބޭނުންކުރާ ދަގަނޑު އެސްޓީއޯއިން ވިއްކާ އަގު ހެޔޮކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ އެސްޓީއޯއިން ބުނީ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކަމުން ދާ ދަގަނޑުގެ އަގު އިއްޔެ އިން ފެށިގެން ހެޔޮކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށާއި އެގޮތުން ދަގަނޑުގެ ބާވަތްތަކުން 14 ޕަސެންޓާ ހަމައަށް އަގުތަށް ދަށްކޮށްފައިވާ ކަމަށެވެ.
ވޭތު ވެދިޔަ އަހަރުތަކުގައި ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ދިޔަ ދިޔުމުގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގުގެ އިތުރުން ދަގަނޑުގެ އަގުތަކަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ.
އެސްޓީއޯއިން ބުނީ އެހެން ނަމަވެސް ރާއްޖޭގެ މާކެޓް ތެރޭގައި އަގުތައް ކޮންޓްރޯލްކޮށް އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް އެސްޓީއޯއިން މެދުކެނޑުމެއްނެތި މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެމުން ދާއިރު އިމާރާތް ކުރުމުގައި އެހެނިހެން ސާމާނުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
މާ ގިނައިރު އޭސީގައި އުޅޭނަމަ ދިފާއީ ނިޒާމު ބަލިކަށިވޭ!
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
