ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އޭނާގެ މަންމަ މަރިޔަމް އަހްމަދު ހުށަހަހެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަރުވެފައިވާ މީހާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބެން ޖެހޭނެ ކަމަށް ޝަރީއަތުން ގަބޫލުކުރާ ކަމަށެވެ.
އާއިލާއިން ބުނެފައި ވަނީ އޭނާ މަރުވި ސަބަބު ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެހެންކަމުން ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އަބްދުﷲ ރަޝީދުގެ މަންމަ މަރިޔަމް އަހްމަދު ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ލޯންޗެއްގައި ހުއްޓައި މެޔަށް ދަތެއް އަރަނީ ކަމަށް ބުނުމުން ފޭކް ޖައްސަނީ ކަމަށް ބުނެ ފުލުހުން އެ ވާހަކަތަކަށް އިޖާބަނުދިން ކަމަށެވެ. އޭނާ މަރުވީ ގަޑިއަކަށްވުރެ ގިނަ ވަގުތު އެ ހާލުގައި އޮތުމަށްފަހު ކަމަށް ވެސް މަރިޔަމް ބުންޏެވެ.
އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ.
ދަ ޓައިޑްސް އޮފް ކޭއޯސްގެ ދެވަނަ ބައި ނެރެފި
އޮޑިޓް ކޮމިޓީގެ ޗެއާކަމުން ސަނީހު އިސްތިއުފާ ދީފި
އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް
