ތަމްރީނެއްގައި އުޅެނިކޮށް ގެނބިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު މިއަދު ނިޔާވެއްޖެ އެވެ.
ކަރެކްޝަންސް އިން ބުނީ ނިޔާވީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިން ކޯސް މާފުށީ ޖަލުގައި ހަދަމުން ދިޔަ އާމިނަތު ނަޝްވާ، 18 ކަމަށެވެ.
މާފުށީގައި ތަމްރީނު ހަދަމުންދިޔަ ކަރެކްޝަންސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ.
އެ މުވައްޒަފު އިތުރު ފަރުވާ އަށް މާލެ ގެނެސް ފަރުވާދެމުން އަންނަނިކޮށް، ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ، ބުންޏެވެ.
އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
ޑަޔާނާގެ މަރާ ގުޅޭގޮތުން އާދަޔާ ހިލާފު ވާހަތަކެއް
"މޭ ހޫން ނާ 2"ގެ މަސައްކަތް ފަށަނީ
