ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ކާރު ސްޓަންޓެއް ޖައްސަން އުޅެނިކޮށް ކާރު ކޮންޓްރޯލުނުން ނެއްޓިގެން ގޮސް ބަނދަރު ތެރެއަށް ވެއްޓިއްޖެ އެވެ.
މަންޒަރުދުށް މީހަކު ބުނީ ނިޝާން 370 ޒެޑް ކާރު މޫދަށް ވެއްޓުނީ ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ވަށްބުރެއް އަޅާލަން އުޅެނިކޮށެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު ކޮންމެވެސް ވަރަކަށް ބުރު ހަމަވާގޮތައް އަނބުރާ ލެވުނު ނަމަވެސް ކޮންޓްރޯލް ނުކުރެވިގެން ވަނީ މޫދަށް ވެއްޓިފަ އެވެ. އެ ކާރު މޫދަށް ވެއްޓޭ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިހާދިސާ ހިނގީ ރޭ 11:30 ކަންހާއިރު ކަމަށްވެ އެވެ. އަދި ކާރު މޫދަށް ވެއްޓުމާއެކު ކްރޭނެއްގެ އެހީގައި ވަނީ ނަގައިފަ އެވެ.
މޫދަށް ވެއްޓުނު ކާރު ކްރޭނެއްގެ އެހީގައި ރޭ ވަނީ ނަގާފަ އެވެ.
އެ ކާރު މޫދަށް ވެއްޓުނުއިރު ކާރުގައި ހުރި މީހާ ނުކުތީ ދޮރު ނުހުޅުވިގެން، ކާރުގެ ޑިކީން ކަމަށްވެ އެވެ.
އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނެކަމުގެ އިންޒާރު ޓްރަމްޕް ދީފި
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
ބޭސް ލިބުން ދަތިވާ މައްސަލާގައި ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް
