އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކ. އާރަށުގައި އެމަނިކުފާނު ދެއްވާ ފަރިއްކޮޅަށް ވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ 17 އޮކްޓޯބަރު ވާ ހޯމަ ދުވަހުގެރޭ އާރަށުގައި ރައީސުލްޖުމްހޫރިއްޔާ އެމްޑީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވައި ފަރިއްކޮޅެއް ދެއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ ކޮށްފައިވާ މެސެޖަކަށް އެ ގުރޫޕުގައި ރައްދު ދެއްވަމުންނެވެ.
"ރައީސުލްޖުމްހޫރިއްޔާވެސް އަޅުގަނޑާއި ވާހަކަ ދައްކަވާ އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑު ވެސް ދެން ބޭނުމެއް ނޫން،" ނަޝީދު ކުރެއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ހުންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގައުމީ މަޖިލިސް ބައްދަލުވުމަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު އޮތް ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ގޮތަށް ބައެއް ކަންކަން ފެންނަމުންދާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ރައީސް ސޯލިހު ނިކުންނަވާ ނަމަ ތާއީދު ނުކުރައްވާނެ ކަމަށް ވެސް މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފަަ އެވެ.
ރޮނާލްޑޯ ޖޫނިއާ ވޯލްޑް ކަޕް ކުޅޭނީ ކޮން ގައުމަކަށް؟
75 ވަނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާނީ ޔުއީން!
ބަރުދަން ލުއި ކުރުމަށްއުރެ އިތުރު ކުރަން ފަސޭހަ ވަނީ ކީއްވެ؟
މި.ބޭބީއެއްތަ އަބަދުޑުރާމާކުޅެނީ ނަސީދު