ވޮޝިންޓަން (13 އޮކްޓޯބަރު) - ގަލްފް ކަނޑުގެ ސަލާމަތަށް މިވަގުތު އާތް އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމަށް އެމެރިކާގެ ފިފްތު ފްލީޓްގެ ކޮމާންޑަރު ބްރެޑް ކޫޕާ ވިދާޅުވެއްޖެ އެވެ.
ބްރެޑް ވިދާޅުވީ އީރާނުގެ ނުރައްކާ ދެގޮތަކުން ކުރިމަތިވާ ކަމަށާއި އެއީ ކްރޫޒު އަދި ބެލިސްޓިކް މިސައިލްތަކުގެ އިތުރުން އެފަދަ ހަތިޔާރު ގެންގުޅުމުގައި އީރާނުގެ ތަޖުރިބާ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްރެޑް ވަނީ އީރާނުގެ ޑްރޯން ޕްރޮގްރާމްގެ ދަށުން ގަލްފް ކަނޑުގެ ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކާ ވަކިން ބޮޑުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފިފްތު ފްލީޓްގެ ކޮމާންޑަރަކީ އެމެރިކާގެ ފަރާތުން ގަލްފް ކަނޑާއި އެ ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
އެގޮތުން އެެމެރިކާ އިސްވެ ގަލްފް ކަނޑުގައި ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި ބަރު ހަތިޔާރު ވެސް އަތުލައިގަނެވިފައިވެ އެވެ.
އީރާނުން ވާގިވެރިވާ ހޫތީންގެ މިސައިލްތައް ގަލްފް ކަނޑުގެ ވަށައިގެން ދަތުރުކުރާއިރު މިކަމަކީ ގަލްފް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
މުޅި ދުނިޔެ އަށްއޮއް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ