ފްރާންސްގެ ޕްރޯވެންސްގައި އޮންނަ ލެވެންޑާ ފީލްޑްސްއަކީ ހޫނު މޫސުމުގައި އެ ސަރަހައްދަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ލިބޭ މީހެއްގެ ހިތް މުޅި އުމުރަށް ހިތް ދަމައިގަންނަހާ ރީތި ހިތްގައިމު ތަނެކެވެ.
މިތަނަކީ ލެވެންޑާ މާތަކުން ފުރިފައިވާ ބަގީޗާތަކަކަށްވާއިރު މި މާތަކުގެ ސަފުތަކަކީ ބަލާބެލުމަށް ދުވަހަކުވެސް ނިމުމެއް ނާންނަ ސަފުތަކެވެ. ހޫނު މޫސުމުގައި ފްރާންސްގެ ޕްރޯވެންސްގެ ސޯލްޓް އަދި ވަލްރިއަސް ނަމަކަށްކިޔާ ސަރަހައްދުތަކުގައި ފަތުރުވެރިން ގިނަވާ އެންމެ ބޮޑު އެއް ސަބަބަކީވެސް މި ރީތި ބަގީޗާތަކެވެ.
ދަނބު ކުލައިން ފުރާލައިފައި އޮންނަ މި ބަގީޗާތަކަކީ މާމުއި، ސައިބޯނި އަދި ސެންޓް އުފެއްދުމަށް ލެވެންޑާ މާ ހައްދާ އެންމެ ބޮޑު ބަގީޗާ އެވެ.
މި ބަގީޗާތަކުން އުފައްދާ މާމުއި އަކީ އާދަޔާޙިލާފަށް މީރު މާމުއިއެއްކަމަށް ރަހަ ބަލާލަން ލިބޭ މީހުން ބުނާއިރު މި މާމުއިން އުފައްދާ ބައެއް ކާ އެއްޗިހީގެ ތެރޭގައި ފްރާންސްގެ ސަގާފަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ލެވެންޑާ ސޯބޭޒްއަކީ ރަހަ ނުބަލައި ދޫކޮށްލަން ނުވާވަރުގެ މީރު ކާ އެއްޗެކެވެ.
ފްރާންސްގެ މި ސަރަހައްދުގައި މި މާތަކަށް ހާއްސަކޮށްގެން ދާރުލްއާސާރެއްވެސް ހުންނައިރު މި ބަގީޗާތަކަށް ހާއްސަކޮށްގެން ފެސްޓިވަލްތައްވެސް މި ސަރަހައްދުގައި ދަނީ ބާއްވަމުންނެވެ.
މި ބަގީޗާތަކަކީ އާދަޔާހިލާފު ރީތިކަމެއް ލިބިފައިވާ މި ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ އެންމެންގެ ހިތްތަކާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ތަނެކެވެ.
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!