ހއ. މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައި ވަނީ 29 މީހުން އެ ރިސޯޓުގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ މީހުން ވަޒީފާއިން ވަކިކުރީ މުސާރައާއި އިނާޔަތްތައް ގާނޫނާ ޚިލާފަށް އުނިކުރުމަށްފަހު ރިޑަންޑަންސީގެ ހާލަތު މެދުވެރިވެފައިވާކަމަށް ބުނެ އެވެ.
އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން އެމީހުންގެ ވަޒީފާގެ މުއްދަތު ހަމަވެފައިވާ މީހުންނާއި، މިހާރު އެހެން ވަޒީފާއެއް ހަމަޖެހިފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް އަނބުރާ ވަޒީފާ ދިނުމަށް ޓްރިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.
ގާނޫނާ ޚިލާފަށް އެ މީހުންނަށް އުނިކޮށްފައިވާ މުސާރަ އާއި އިނާޔަތްތައް ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި ދިނުމަށްފަހު އެކަން ޓްރައިބިއުނަލަށް އެންގުމަށް ވެސް އަމުރުކޮށްފައިވެ އެވެ.
މާސްޓާ ކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި
ނިިޔަފަތިތަކުން އަންގައިދޭ ސިއްހީ މައްސަލަތައް!
ފަރަށް އެރި ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
