ވިސާ ކުރިން ނެގުމެއް ނެތި ދިވެހިންނަށް ކިރިގިސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ދެ ގައުމުގެ މެދުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުން އެއް ގައުމު އަނެއް ގައުމަށް ދަތުރުކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެ ވެވޭނެ ކަމަށެވެ. އަދި ޓްރާންސިޓް ކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރު އައި ފަހުން ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިޔާ އާއި މޮރޮކޯ، ޗައިނާއަށް އަދި ދާދިފަހުން ކަޒަކިސްތާނަށް ވެސް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
މަޖިލީހުގެ މި ދައުރު ވެސް ދަންމާލަނީ
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ