ކ.މާފުށީގައި ހުންނަ ޖަލަށް ޑްރޯނެއް ބޭނުންކޮށްގެން ވައްދަން އުޅުނު ފޯނުތަކަކާއި ވައިފައި ރައުޓަރަކާއި އިތުރު ބައެއް ތަކެތި އަތުލައިގެންފި އެވެ.
ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑްރޯން ބޭނުން ކޮށްގެން މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު އެއްޗެހިތަކެއް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ރޭ އަތުލައިގެންފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ޖަލަށް ޑްރޯނެއްގައި އެތެރެ ކުރަން އުޅެނިކޮށް އަށް މޯބައިލް ފޯނާއި ހަ ޗާޖަރާއި ވައިފައި ރައުޓަރަކާއި ޔޫއެސްބީ ކޭބަލްތަކަކަކާއި ދެސިމް ކާޑު އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ވަނީ އެތަކެތީގެ ފޮޓޯ ވެސް ޓުވީޓްކުރައްވައިފަ އެވެ.
މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެނޫން ވެސް ބައެއް ތަކެތި ވަގަށް ވައްދަނިކޮށް ދޭތެރެ ދޭތެރެއިން އަތުލައިގަނެ އެވެ.
ތަރުކާރީ ކެއުމުގައި މިކަމަށް ސަމާލުވާތި!
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
ހަކުރު ބަލި ކޮންޓްރޯލް ކުރަން ގޭގައި ކުރެވިދާނެ ދެތިން ކަމެއް!
