ގއ. ގެމަނަފުށިން ފުރައިގެން އެ އަތޮޅު ކަނޑުހުޅުދޫއަށް ފެރީން ދަތުރުކުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 6:00 ހާއިރު އެވެ.
މޫދަށް ވެއްޓިގެން މަރުވީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އޭނާ އަކީ ކަނޑުހުޅުދޫއަށް ނިސްބަތްވާ މީހެކެވެ.
"ދިރުނބާކޮޅުގަ ހުރެފަ ކުއްލިއަކަށް އޭނާ ވެއްޓުނުތަން ފެނުނީ. ދެން ނެގިއިރު އޮތީ މަރުވެފައި،" ގެމަނަފުށިން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެރަށުން ވާހަކަދެއްކި މީހާ ބުނީ ވެއްޓުނު ގޮތަށް އެ ޒުވާނާ ދިޔައީ އަޑިއަށް ކަމަށެވެ. އޭނާ ނެގީ ފެރީން ދެ މީހަކު މޫދަށް ފުންމާލައިގެންނެވެ.
މޮޓޯއެކްސް ސައިކަލެއް ހޯދަން ރަނުގެ ފުރުސަތެއް!
ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފާޅުގައި އެއްބަސްވި ތަރިން!
