ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 31 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން ތިން މީހަކު އަދި ރިސޯޓުތަކުން ޕޮޒިޓިވްވި އެކަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މުޅި ރާއްޖެއިން 1،748 ސާމްޕަލް ނަގާފައިވެ އެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްމިއަދު ޕޮޒިޓިްވވި މީހުންނާ އެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު 13،248 އަށް އެރީ އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 707 މީހުންނެވެ. އޭގެ ތެރެއިން 69 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.
މިހާތަނަށް 47 މީހަކު ކޮވިޑް ޖެހިގެން މަރުވެފައި ވެ އެވެ.
ރޭގަނޑުގެ ނިދި "ހަރާބު" ކޮށްލާ އާއްމު 3 އާދައެއް!
އެމެރިކާގައި މޭވާ ރަހަތަކުގެ ވޭޕް ވިއްކުމުގެ ހުއްދަ ދީފި
"މައިކަލް": ފާޑުކިޔުންތެރިންނާއި ސަޕޯޓަރުން ބައިބައި ވެފައި!