މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު ޓްރާންސްޕޯޓް ދާއިރާގެ ގައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް ލައިސަންސްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަށް އާދިއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާއިޝަތު ނަހުލާ އެވެ. އަދި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ.
މި ފަހުމުނާމާގައި ސޮއި ކުރުމާއި ގުޅިގެން އިތުރު އިމްތިޙާނަކާ ނުލާ، ޓްރާންސްޕޯޓް ދާއިރާގެ އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވުމުގެ ލައިސަންސް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ނޭޝަނަލް ސެޓްފިކެޓް ހާސިލް ކުރާ ފަރާތްތަކަށް، ލިބޭނެ ގޮތް ހަމަޖެހިގެންދާނެ އެވެ.
މި ފަހުމުނާމާގައި ސޮއިކުރުމާއިއެކު މިހާރު އެމްއެންއެސްޑީއޭ އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް ހިންގާ ޕްރޮގްރާމްތައް ނިންމުމުން އިތުރު އިމްތިޙާނަކާ ނުލާ އެދާއިރާއަކުން ލައިސަންސް ލިބިގެން ދާނެ އެވެ.
މިހާރު އެމްއެންއެސްޑީއޭ އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކުގެ ތެރެއިން އިތުރު އިމްތިހާނަކާ ނުލާ ލައިސަންސް ލިބޭނީ ނޭޝަނަލް ސެޓްފިކެޓް ތިނެއް އިން ހެވީ ވެހިކަލް އޮޕަރޭޝަންސް، ނޭޝަނަލް ސެޓްފިކެޓް ތިނެއް އިން ބަސް އޮޕަރޭޝަންސް އަދި ނޭޝަނަލް ސެޓްފިކެޓް ތިނެއް ން ބޯޓް އޮޕަރޭޝަންސް އެވެ.
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!