އޯކޭޒް އިންކް އިން އުފައްދާ ވެޓް ސީރީޒް "ގުދަން" ޓްރެއިލާ ނެރެ، މިމަހު 21 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.
މުހައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް އިބްރާޙިމް ވިސާން (ކަނޑި) ޑައިރެކްޓްކޮށްފައިވާ ތުރިލާ ސީރީޒް "ގުދަން" ރިލީޒް ކުރުމަށް ނިންމާފައިވާ ބައިސްކޯފުންނެވެ.
ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރު މަހްދީ އަހްމަދުގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ މިސީރީޒްގައި ފެނިގެންދާނީ ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކުގެ ސަބަބުން ދިރިއުޅުމަށް އަންނަ ބަދަލުތަކެކެވެ.
މި ސީރީޒުގެ މުހިންމު ރޯލުތަކުން ރަވީ ފާރޫގު، މުޙައްމަދު އަފްރާހް ފެނިގެންދާއިރު، ހުރިހާ މުހިންމު ކެރެކްޓަރުން ހިމެނޭ ޕޯސްޓަރެއް މިއަދު ބައިސްކޯފުން އާއްމުކޮށްފައިވެ އެވެ.
ބައިސްކޯފުން އާއްމުކޮށްފައިވާ ޓްރެއިލާއިން ގިނަ މޫނުތަކެއް ފެނިގެންދާއިރު، މިއީ ގުދަނެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއްގެ ދައްކުވައުދޭނެ ސީރީޒެއްކަމަށް ބެލެވެ އެވެ.
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟
މޭޔަރު ކަމަށް އެމްޑީޕީން 2 އާޒިމް ގަދަހިފުމަކަށް
ސިންގަޕޫރުގައި ސްކޭމްކުރާ މީހުންގެ ގައިގައި އެއްތެލުން ތަޅަނީ
