ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިއަދު ހެނދުން ފެށިގެން ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެހެން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.
އެ މައްސަލަ ހައްލުކޮށް އަލުން ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ހިދުމަތް ދޭން ދެން ފެށޭނީ މެންދުރު 12:00 ޖަހާއިރު ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.
ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިފައިވާތީ އިމިގްރޭޝަނުން ވަނީ މާފަށް އެދިފަ އެވެ.
ދިމާވި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.
ދުޅަހެޔޮ ސިއްހަތަކަށް ދުވާލަކު 10،000 ފިޔަވަޅު ބޭނުންވޭ!
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއަށް ހަނި ދޮރެއް