ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ޚާން ސްޕެއިން ބަސް ދަސްކުރަން ފަށައިފި އެވެ.
އުމުރުން ފަސް އަހަރުގެ ތައިމޫރު ސްޕެއިން ބަސް ދަސްކުރަމުން އަންނަކަން ހާމަކޮށްފައިވަނީ ކަރީނާ ކަޕޫރު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުންނެވެ.
ކަރީނާ ބުނީ ދަރިފުޅި ސްޕެއިން ބަހުން ހޯދަމުން އަންނަ ކުރިއެރުންތަކާ މެދު މައެއްގެ ހައިސިއްޔަތުން ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި ސްޕެއިން ބަސް ދަސްކުރާ ކުލާހުގައި ތައިމޫރު ހޯދާފައިވާ ކާމިޔާބީގެ ސެޓްފިކެޓް ވެސް ވަނީ ދައްކާލަައިފަ އެވެ.
އިނގިރޭސިވިލާތުގައި އާއިލީ ދިގު ޗުއްޓީ ހޭދަކުރުމަށްފަހު ކަރީނާގެ އާއިލާ މިހާރު ވަނީ އެނބުރި އިންޑިއާ ގޮސްފަ އެވެ.
ތައިމޫރަކީ ކަރީނާ އާއި ސައިފް އަލީ ޚާނަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އެ ދެ މީހުންގެ ދެވަނަ ދަރިފުޅަކީ އެއް އަހަރުގެ ޖަހާންގީރް (ޖޭ) އެވެ.
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!