ސްކޫލާއި ސްކޫލުން ބޭރުގައި ހިންގާ ހަރަކާތްތަކުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އިސްކަންދަރު ސްކޫލުން ދީފި އެވެ.
އެ ސްކޫލްގެ ކުއްޖަކާ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އެ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރަކު ދާދިފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މިކަމާ ގުޅިގެން އިސްކަންދަރު ސްކޫލުން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ މައްސަލައެއްގައި އެ ސްކޫލްގެ ޓީޗަރަކު ހައްޔަރުކުރުމަކީ އެ ސްކޫލުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް ސްކޫލާއި ސްކޫލުން ބޭރުގައި ހިންގާ ހުރިހާ ހަރަކާތެއްގައި ވެސް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް އަރުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ހަމަ މި ބީދައިން ސްކޫލުން ބޭރުގައި ވެސް ދަރިވަރުންނާއި އެހެނިހެން ފަރާތްތަކާއެކު ހިންގޭ ހުރިހާ ހަރަކާތްތަކާއި މުއާމަލާތްތަކެއްގައި ވެސް އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ،" އެ ސްކޫލްގެ ބަޔާނުގައިވެ އެވެ.
"މޭ ހޫން ނާ 2"ގެ މަސައްކަތް ފަށަނީ
ސަރުކާރުގެ އައިނު ފިހާރައެއް އައްޑޫގައި ހުޅުވައިފި
އާއިލާދެކެ ބިރުގަންނަ ކަމަށް ބްރިޓްނީ ބުނެފި

ދަރިވަރުންނަށް ރައްކާތެރިކަން ދެވޭނީ ދެން ތިހާކަށް ވަރަށް،