އެސްއެމްއީ ބޭންކް މެދުވެރިކޮށް މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން ބުނީ މިހާތަނަށް އެ ބޭންކުން 1،253،256،882 ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. މިއީ ވަކިވަކި ވިޔަފާރިތަކަށް ބަލާ ނަމަ ޖުމްލަ 1،036 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުކަމަށް އެ ބޭންކުން ބުނެ އެވެ.
މި ލޯނުތައް ދޫކޮށްފައިވާ ދާއިރާތަކާއި އަދަދު:
- ދަނޑުވެރިކަން: 38 ލޯނު
 - ކޮމާސް: 414 ލޯނު
 - އިމާރާތްކުރުން: 44 ލޯނު
 - މަސްވެރިކަން: 143 ލޯނު
 - އިންފޮމޭޝަން ޓެކްނޮލޮޖީ: 11 ލޯނު
 - މެނިފެކްޗަރިން: 97 ލޯނު
 - ޓޫރިޒަމް: 200 ލޯނު
 - ޓްރާންސްޕޯޓް: 89 ލޯނު
 
އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 ޕަސެންޓް ހާއްސަކޮށްފައި ވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.
އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށް ހާއްސަ އިސްކަމެއްދީގެން ލޯނު ދޫކުރާއިރު ޒުވާނުންނާއި، އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ހާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.
އެ ބޭންކުން އެންމެ އިސްކަމެއްދީގެން ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ރަށު ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، އައިޓީ، މެނިފެކްޗަރިން އަދި މަސްވެރިކަމުގެ ދާއިރާ ހިމެނޭކަމަށް އެސްއެމްއީ ބޭންކުން ބުނެ އެވެ.
އެސްއެމްއީ ބޭންކު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި