ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ސައޫދީ އަރަބިއްޔާގެ ކޮމާސް މިނިސްޓަރ މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރޭގަ އެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިނާއަށް ކުރެއްވި ޒިޔާރަތުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން ހާއްސަކޮށް ވިޔަފާރީގެ ރޮނގުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައޫދީ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުންގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ.
ކައުންސިލްގެ އަތުން ބިން އަތުލެވޭ އިސްލާހު ބަލައިގެންފި
އެމްޑީޕީއަށް ވުރެ އަދިވެސް އިހުތިޔާރު ކުރާނީ މުއިއްޒު: ޔާމީން
ހިރުގަނޑުން ލޭ އައުމަކީ އާދައިގެ ކަމެއް ނޫން!