ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް 200،000 ރެޕިޑް އެންޓިޖެން ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.
އެމެރިކާއިން މިފަހަރު ހަދިޔާކޮށްފައި ވަނީ ކޮވިޑަށް ހަދާ ޓެސްޓްގެ ނަތިޖާ ވަގުތުން ލިބޭ 200،000 ޓެސްޓް ކިޓެވެ.
އެމެރިކާއިން ހަދިޔާކުރި ޓެސްޓް ކިޓްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު ފޮ ހެލްތު ޝާހު މާހިރު އެވެ.
އެމެރިކާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ޓެސްޓް ކިޓްތައް ހަދިޔާކޮށްފައިވާއިރު، އެމެރިކާއިން ވަނީ ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން އެމެރިކާއިން ވަނީ މިހާތަނަށް ރާއްޖެއަށް ވަނީ 500،000 ޑޯޒު ފައިޒާ ވެކްސިން ހަދިޔާކޮށްފަ އެވެ. އަދި ހަތް މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރުގެ އިތުރުން، އެހެނިހެން ބައެއް އެހީތެރިކަން ވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން