މީގެ ހަތް އަހަރު ކުރިން 2015 ވަނަ އަހަރު އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓް ކައިރިން ތޫނުއެއްޗަކުން ހަމަލާދީ މާލޭ ދަފްތަރު، ނޫރު އާދަމް ހަސަންފުޅު މަރާލުމުގައި ބައިވެރިވި ދެ މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ޏ. ފުވައްމުލައް, ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހް އާއި ހަމަ އެ ސިޓީ، ނޯވެލްގޭ މުޙައްމަދު ޝަމްލުގެ މައްޗަށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ އޭނާއަށް ހަމަލާދިނީ ޝަމްލު ދުއްވަން އިން ސައިކަލު ފަހަތުގައި އިން ކުޑަ ކުއްޖާ ކަމަށް ދައުވާގައިވެ އެވެ.ނޫރުގެ ވާތްފަރާތު އަރިކަށްޓަށް އަށް އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާ ދީފައިވެ އެވެ. އަދި އެ ހަމަލާ ދިނުމަށްފަހު ދެ ސައިކަލުގައި ހަތަރު މީހުން އެތަނުން ގޮސްފައިވާ ވެސް އެ ދައުވާގައިވެ އެވެ.ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މާޗް، 28، 2015 ވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ އުފުލި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ. އޭނާ މެރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ކުށް ސާބިތުނުވި ކުއްޖާގެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ހުކުމް އިއްވީ އެ ކުއްޖާއަށް 10 އަހަރުގެ ޖަލު ހުކުމެކެވެ.