ތައިލެންޑްގެ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.
މި ދަތުރުތައް ކުރާނީ ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.
ކުރިން ހަފްތާ އަކު ހަތަރު ދަތުރު ބެންކޮކުން ރާއްޖެއަށް ކުރަމުން ދިޔަ ސީދާ ދަތުރުތައް ހުއްޓާލީ ކޮވިޑް 19 އާއި ގުޅިގެން މާޗް 2020 ގަ އެވެ.
މާލެ އާއި ބެންކޮކާ ދެމެދު ދަތުރުކުރާ އެއާ އޭޝިއާގެ ދަތުރުތައްވެސް މެދުކެނޑުމަކަށްފަހު ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު މާލެއާ ބެންކޮކާ ދެމެދު ކުރެ އެވެ.
ތައިލެންޑަކީ ދިވެހިން ގިނައިން ޒިޔާރަތްކުރާ ގައުމެކެވެ.
އާއްމު ގޮތެއްގައި ބެންކޮކް އެއާވޭސްގެ ޓިކެޓުގެ އަގު އުޅެނީ 500 ޑޮލަރުން މަތީގަ އެވެ.
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭ ވާހަކަދައްކާއިރު ސަމާލުވާންޖެހޭ