ގިނަ މީހުންނަކީ ގައިގެ ހަންގަނޑަށް ވަރަށް ބަލައިގެން ކއުޅޭ މީހުންނެވެ. ވަކިން ހާއްސަކޮށް މޫނުމަތީގެ އުޖާލާކަމަށް ވަރަށް ފަރުވާތެރިވެ އެވެ. އެހެން ކަމުން މިއަދު މި ބަލާލަނީ މޫނުގެ ހަންގަނޑު ތެޔޮވުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް އެހީވެދޭ ފޭސް މާސްކެއް ގޭގައި ތަޔާރުކޮށްލާނެ ގޮތެކެވެ.
ބޭނުންވާނެ ތަކެތި:
- 1 ބިހުގެ ގޮބޮޅި
- 1 މޭޒުމަތީ ސަމުސާ މާމުތް
- 1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
- 1/2 1 ސަމުސާ ކިރު
- 2/1 ޖޯޑް އޯޓްމީލް
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ މިކްސަރަކުން އޯޓްމީލް ކޮޅު ރަނގަޅަށް ހިމުންކޮށް މުގުރާލާށެވެ. އެއަށްފަހު އޯޓްމީލް، މާމުތް، އޮލިވް އޮއިލް، ކިރު އަދި ބިހުގެ ގޮބޮޅި ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން އެ ހުރީ ފޭސް މާސްކް ތައްޔާރުވެފަ އެވެ. މޫނުގައި ރަނގަޅަށް އުނގުޅާލުމަށްފަހު 20-15 މިނިޓް ވަންދެން ބަހައްޓާލާށެވެ. ވަގުތު ހަމަވުމުން ތާފަނާ ފެނުން މޫނު ދޮވެލާފައި މޮއިސްޗަރައިޒް ކޮށްލާށެވެ.
ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުގެ ރައީސުން ސޮއިކުރައްވައިފި
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް