ފަހަކަށް އައިސް ބޮލީވުޑްގައި ވިދަމުންދާ ތަރި ކާރިކް އާރްޔަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކާތިކްގެ އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އާންމުންނަށް ހާމަކޮށްފައިވާއިރު، އޭނާ ކޮވިޑަށް ޕޮޒިޓިވް އެވީ ދެވަނަ ފަހަރަށެވެ.
ކާތިކް އާންމުކުރި ޕޯސްޓުގައި އޭނާ އިތުރަށް ބުނީ، އޭނާގެ ހަޔާތުގައި ހުރިހާ ކަމެއް ވެސް ހިނގަމުން ދިޔައީ އެންމެ ފުރިހަމަކޮށް ކަމަށެވެ. އެހެންނަމަވެސް ކޮވިޑަށް އެކަން ކެތް ނުވީކަމަށް އޭނާ ބުނެފައިވެ އެވެ. އެއަށް ރައްދުދެއްމުން އާންމުން ބުނީ ކޮވިޑް ވެސް މިހާރު ވަނީ ކާތިކްގެ ފޭނަކަށް ވެފައި ކަމަށެވެ. އަދި ބަލިން އަވަހަށް ރަނގަޅުވުމަށް ގިނަ ބަޔަކު އެދިފައިވެ އެވެ.
ކާތިކް ދަނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު ކަމަށްވާ "ބޫލް ބުލައްޔާ-2" ގެ ކާމިޔާބީ ފާހަގަކުރަމުންނެވެ.
އެ ފިލްމުގައި އޭނާ ކުޅެދިން ރޯލުގައި ދައްކުވައިދިން އެކްޓު ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، މިއީ ފުރަތަމަ ދުވަހުން މިހާ ބޮޑު ކާމިޔާބެއް ލިބުނު ކާތިކްގެ ފުރަތަމަ ފިލްމެވެ.
ބޫލް ބުލައްޔާގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ.
ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެ ބާޖުތަކުގައި ކެމެރާހަރުކުރަނީ
53 ކުންފުންޏަކަށް ބަހާލި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަނަށް
އާއިލާ އެއް ސުފުރާ މަތިން ކާނަމަ ދަރިންނަށް ގިނަ ފައިދާތަކެއް!
