ރޭގަނޑު އަވަހަށް ދަރިން ނިންދަވާނަމަ މައިންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާ ކަމަށް ސައިންސްގެ ދިރާސާ ތަކުން ދައްކައިފި އެވެ.
މިކަން ހޯދާފައިމިވަނީ "ގްރޮއިން އަޕް އިން އޮސްޓްރޭލިއާ" އިން އެތައް ހާސް އާއިލާއެއް ޓްރެކް ކޮށްގެން 2004 ވަނަ އަހަރުން ފެށިގެން ހެދި ދިރާސާއަކުންނެވެ.
އެ ދިރާސާގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ދިރާސާގައި ބައިވެރިވި އާއިލާތަކާ ރިސާޗަރުން އިންޓަވިއުތަކެއް ކޮށް، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ދެނެގަނެފައިވެ އެވެ.
ދިރާސާގައި ބައިވެރިވި ކުދިން ދެ ގްރޫޕަކަށް ބަހާލައި އެކުދިންގެ ނިދުމާއި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުގެ މައުލޫމާތުތައް އަޅާ ކިއުމަށްފަހު ރިސާޗަރުން ބުނި ގޮތުގައި، އަވަހަށް ނިދަން އާދަވެފައި ހުންނަ ކުދިންގެ ދިރިއުޅުމުގެ ސިއްހަތު ރަނގަޅެވެ.
އޭގެ އިތުރުން ދަރިން އަވަހަށް ނިންދަވާނަމަ މަންމައިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ވެސް އެދެވޭ ބަދަލުތަކެއް އަންނަ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. ނަތީޖާއަކަށްވަނީ އާއިލާގެ އާއްމު ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވުމެވެ.
އޮފީހަށް ދިއުމަށްވުރެ ގޭގައި ކުދިން ބަލަން ތިބުމަކީ އުދަނގޫކަމެއް ކަމަށް ދަރިން ލަހުން ނިންދަވާ ގިނަ ބެލެނިވެރިން ބުނެފައިވާއިރު މިއީ ވެސް އެކަމަށް ބާރުދޭ އެއް ކަމެކެވެ..
ކުދިން އަވަހަށް ނިންދެވުމުން މައިންނަށް އުފާވެރިކަން ލިބިގެންދާއިރު އަވަހަށް ނިދާ ކުދިންނަށް ގިނަ ވަގުތު ނިދި ލިބުމުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ އެވެ.
ދަރިން އަވަހަށް ނިންދެވުމަކީ އެކަމުގެ ސަބަބުން ދަރިންގެ އިތުރުން މައިންނަށް ވެސް ފައިދާތަކެއް ކުރާ ކަމަކަށްވާއިރު މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި އާދަކޮށް ކުރަން ޖެހޭ ކަމެކެވެ.
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ނުކުރެވޭނެ
ލިޔުމުން ހީވާކަހަލަ އަވަހަށް ކުދިން ނިދުމުން ދެމަފިރިންގެ ޕާސަނަލް އެޑްމިން ކަންކަން ފެށޭ ވާހަކަ ބުނަން ނުބުނަން ތޯ ތިއުޅުއްވަނީ