އެމެރިކާގައި ގިނަ ބައެއްގެ މަޝްހޫރުކަން ހޯދި ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި އެވެ.
ކޯޓްނީ ކައިވެނިކުރީ އެމެރިކާގެ މަޝްހޫރު މިއުޒިޝަނެއް ކަމަށްވާ އޭނާގެ ލޯބިވެރިޔާ ޓްރެވިސް ބާކާ އަށެވެ. އެދެމީހުން ކައިވެނި ކުރީ އިޓަލީގައި ގާތް ރައްޓެހިންނާއި އާއިލާއާ އެކުގަ އެވެ.
ދެމީހުންގެ ކައިވެނިކުރިކަން އެދެމީޙުންގެ އިންސްޓަގްރާމު ޕޯސްޓެއްގެ ޒަރިއްޔާއިން އާންމުންނަށް ހާމަކޮށްފައިވާއިރު، ކައިވެނީގެ ފޮޓޯތައް މިހާރު ދަނީ ޝޯޝަލްމީޑިއާގައިވެސް ދައުރުވަމުންނެވެ.
ކޯޓްނީއާ އޭނާގެ ފިރިމީހާގެ ކައިވެނި ގުޅުވާލާފައި ވަނީ މީގެ އަހަރުތަކެއް ކުރިން 90ގެ އަހަރުތަކުގައި އެމެރިކާ މީހުން، ކައިވެނީގެ ހަފްލާ ފާހަގަކުރި ސްޓައިލަށެވެ.
ހެދުމާއި ކައިވެނީގެ ޖަލްސާގެ އިތުރުންވެސް ކައިވެނީގެ ފޮޓޯތައްވެސް ނަގާފައިވަނީ މީގެ ކުރިން ފޮޓޯ ނަގާ ސްޓައިލަށެވެ. އަދި ކުރީގައި އެމެރިކާ މީހުން ކައިވެނި ކުރާއިރު، ކާރުގައި "ޖަސްޓް މެރިޑް" ބޯޑެއް ޖަހައި، ކާރު ދަށުގައި ދަޅުތައް އެލުވާ ސަގާފަތްވެސް އެމީހުންގެ ކައިވެނީގެ ފޮޓޯތަކުން ފެނިގެންދެ އެވެ.
ޕެންޝަން އޮފީހަށް އޮތް އިތުބާރު މުޅިން ވެއްޔާ މޮޑެވިއްޖެ: ޝާހިދު
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން

އަހަރެން ތިޔަ ކައިވެނި ބަލައެއް ނުގަންނާނަން!!!!