ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނބިކަނބަލުން ފަޒްނާ އަހްމަދު ބައެއް ކުދިންނާ އެކު ވަގުތު ހޭދަކުރައްވައި، އެކަމަނާގެ އެއްދުވަހުގެ މަސައްކަތް ކުރިޔަށްދާ ގޮތް ކައިރިން ދައްކާލައްވައިފި އެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތް ގެންގޮސްފައި ވަނީ މުލީއާގޭގަ އެވެ. މި ހަރަކާތުގައި ވަނީ އެކަމަނާގެ އެއް ދުވަހުގެ މަސައްކަތް ކުރިއަށްދާ ގޮތް ކައިރިން ދައްކާލުމުގެ އިތުރުން ކުދިންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފަ އެވެ.
ރައީސްގެ އަނބިކަނބަލުންގެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތަކަށް ކުދިން އަހުލުވެރިވެ، އެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިން ދެކޭގޮތް ހާމަ ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އަދި، ކުޑަކުދިންނަށް އެކުދިންނާ ގުޅުންހުރި ކަންކަމުގައި ރަޢުޔު ހާމަކުރުމުގެ ހައްގު ހޯދައިދިނުމަށާއި، އެކުދިންގެ ކަންބޮޑުވުންތަކުގައި ފަސްނުޖެހި ބަސްބުނުމަށް ބާރުއެޅުމުގެ ގޮތުން ހިންގުނު ހަރަކާތެކެވެ.
ކުދިން ޝާމިލްވާ ކަންކަމުގައި އެކުދިން ދެކޭގޮތް ބެއްލެވުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގެން ރައީސްގެ އަނބިކަނބަލުން ވަނީ އިއްޔެގެ ވަގުތެއްގައި މި ހަރަކާތުގައި ބައިވެރިވާ ހަ ކުދިންނާ ބައްދަލުކުރައްވައި އެ ކުދިން ބަލަން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފަ އެވެ. އަދި، އެކުދިން އެދުމުގެ މަތިން ރައީސާ އެކުދިން ބައްދަލުކުރުމުގެ ފުރުސަތު މިއަދު ފަހިކޮށްދެއްވާފައިވެ އެވެ.
ކޮންމެ އަހަރަކު ވެސް ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ މޭ 10 ގަ އެވެ.
"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
"ލެކްޓޯސް އިންޓޮލަރެންސް" އިތުރުވަނީ ކީއްވެ؟
