ޖުމުލަ 5939 ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ.
އެ އިމްތިހާނު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ކޮލަންބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި، މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ކުރިއަށް ދާނެއެވެ.
މިއަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލް މަހުގެ 13ވަނަ ދުވަހާއި 14ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ވަނީ ބައިވެރި ވެފަ އެވެ.
މި އަހަރު މި ބާއްވަނީ ކޮވިޑްގެ ފިޔަވަޅުތައް އުވާލިފަހުން ބާއްވާ ފުރަތަމަ އިމްތިހާނެވެ. އޯލެވެލް އިމްތިހާނުގައި ކޮންމެ އަހަރަކު ރާއްޖޭގެ ދަރިވަރުން އަންނަނީ ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދަމުންނެވެ.
ޝޫޓިންގެ ތެރެއިން އަޖޭގެ ލޮލުގެ ފެނުން ގެއްލުނު!
ބަންގްލަދޭޝްގައި ނިޕާ ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
