މަޝްހޫރު ބޮލީވުޑްގެ ފަންނާނު ސަލްމާން ޚާން ޕްރޮޑިއުސްކުރާ ފިލްމުގެ ބަތަލާގެ މަގާމު ކުޅެން ހަމަޖެހިފައިވަނީ "ބިގް ބޮސް" 13 ގެ ބައިވެރިޔާ ޝެހެނާޒް ގިލް އެވެ.
ފަހަކަށް އައިސް ޝެހެނާޒާއި ސަލްމާނު ގާތް ގުޅުމަކީ އާންމުންގެ ތެރޭގައި ދެކެވޭ މަޝްހޫރު ވާހަކައެކެވެ. އަދި ޝެހެނާޒަށްޓަކައި ސަލްމާނު އޭނާގެ އުސޫލުތައް ބަދަލުކޮށް ހުރިހާ ކަމެއް ކުރާކަން ވެސް އާންމުން ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެހެންމެ ސަލްމާނުގެ ކުރިއަށް އޮތް ފިލްމު، "ކަބީ އީދު ކަބީ ދިވާލީ" ގައި ބަތަލާގެ ރޯލު ޝެހެނާޒު ކުޅެދޭއިރު، އެ ރޯލު ކުޅުމަށް އޭނާގެ ގާތުގައި އެދިފައިވަނީ ސަލްމާނެވެ. އަދި ޝެހެނާޒު ބޭނުންވާ އަގަކަށް އެރޯލު ކުޅުމަށް ސަލްމާނު ބުނެފައިވެ އެވެ.
އޭގެ އިތުރުން ފިލްމުގެ ޝޫޓިން ދުވަސްތައް ހަމަޖައްސާފައިވަނީ ވެސް ޝެހެނާޒު ހިތް އެދޭ ގޮތަށް ކަން ހާމަވެފައިވެ އެވެ.
ބިގް ބޮސްއިން މަޝްހޫރުކަން ހޯދި ޝެހެނާޒް، ގިނަ ބަޔަކަށް ކަމުގޮސްފައި ވަނީ އޭނާގެ މަޖާ މިޒާޖުގެ ސަބަބުންނެވެ.
ހަމައެހެންމެ ޝެހެނާޒްގެ ކުރީގެ ލޯބިވެރިޔާ ސިދްހާރްތް ޝުކްލާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާއާ އެހެނިހެން ގޮތްގޮތުން ވެސް ޝެހެނާޒަށް ހިތްވަރުދީ ކުރިއެރުމަށް އެއްބާރުލުން ދެމުންނެވެ.
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ
		
			އަފްލާތު ތަށިވީ ހައިމާކާއި ކޮޅުވެއްޓި އާ ދޭތެރޭ!
		
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
								
								