އަވަށްޓެރި ޝްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީން އަންގައިިފި އެވެ.
ލަންކާގައި ހުންނަ އެމްބަސީން ދިވެހިންނަށް އެފަދައިން އިލްތިމާސްކޮށްފައިވަނީ އެގައުމުގައި މަސްރަހު ވަރަށް ބޮޑަށް ގޯސްވެ ރައްޔިތުން މުޒާހަރާ ކުރަން ފަށާފައިވަނިކޮށެވެ. ހަމައެހެންމެ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާގައި ބަޑި ޖަހައިފަ އެވެ.
އެކަމުގެ ސަބަބުން އެކަކު މަރުވެފައިވާއިރު، ގިނަ ބަޔަކު މުޒާހަރާގައި ޒަހަމްވެފައިވެ އެވެ.
އެކަމާއި ގުޅިގެން ލަންކާގައި ހުންނަ ރާއްޖެ އެމްބަސީން މިއަދު ބަޔާނެއް ނެރެފައިވާއިރު، އެމްބަސީން ވަނީ ލަންކާގެ އުސޫލްތަކާއި އެއްގޮތަށް އުޅުމަށް އެގައުމުގައި އުޅޭ ދިވެހީންނަށް އިލްތިމާސްކޮށްފަ އެވެ. އަދި ބޭރަށް ނިކުންނަ އިރު ޕާސްޕޯޓު ހިފައިގެން އުޅުމަށާއި، މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގުމާއި ގުޅިގެން އެކަންކަމުން ރައްކާތެރިކަން ހޯދައިގެން ތިބުމަށް އަންގާފަ އެވެ.
ފެނަކައިގެ މުވައްޒަފުން އަދިވެސް މަދުކުރަން ލަފާދޭނަން: އަޒާން
އިންޑޮނޭޝިއާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް
"އެމްޑީޕީއަށްވުރެ މުއިއްޒު ރަނގަޅޭ ވިދާޅުވީ ސަނާ ކިޔާކަށް ނޫން"
