ކޮލަމްބޯ (13 އޭޕްރީލް) - ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސައާއި ސަރުކާރުގެ އިސްވެރިންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އިދިކޮޅުން ނިންމައިފި އެވެ.
އެގޮތުން ރާޖަޕަކްސައާއި ސަރުކާރުގެ އެހެން އިސްވެރިންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ފެށި ހަރަކާތުގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދަސަ ވަނީ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއި ކުރައްވާފަ އެވެ.
އެއަށްފަހު ސަޖިތު ކުރެއްވެވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ރާޖަޕަކްސަގެ އިތުރުން އެހެން އިސްވެރިން އިމްޕީޗްކޮށް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ބަދަލެއް ނުގެނެސް މިކަމަށް ނިމުމެއް ނެތް،" އޭނާ ޓުވީޓް ކުރައްވާފައިވެ އެވެ.
އިދިކޮޅު މައި ޕާޓީ ކަމަށްވާ ސަމަޖަޔަ ޖަނަ ބަލަވެޖަޔަ (އެސްޖޭބީ)އިން ވަނީ ރާޖަޕަކްސައާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި އާއްމުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދު ކޮށްފަ އެވެ.
އެސްޖޭބީއިން ވަނީ އެންމެ ފަހުން ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމާފައިވާ ކަން އިއުލާން ކޮށްފަ އެވެ.
އެޕާޓީއިން މިހާރު ދަނީ މަޖިލީހަށް މައްސަލަ ހުށައެޅުމަށްޓަކައި މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. -- ނިއުސްވަޔާ
ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުން ބުނެފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން