ފުވައްމުލަކު ބަނދަރަށް މިމަހުން ފެށިގެން ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ފުވައްމުލަކު ކައުންސިލްގެ ހަތް މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ މި މަހުން ފެށިގެން ސަފާރީތަކުން ބޮޑު އަގެއް ނެގުމަށް ނިންމާފަ އެވެ. އެގޮތުން ސަފާރީއަކުން ދުވާލަކު 500 ޑޮލަރު ނެގުމަށް ވަނީ ނިންމާފަ އެވެ.
މީގެ ކުރިން އެރަށު ބަނދަރަށް ވަނަ ސަފާރީތަކުން ދުވާލަކަށް ނަގަމުން ދިޔައީ 50 ޑޮލަރެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ ސަފާރީތަކުން ނަގާ ފީ ބޮޑު ކުރުމަށް ނިންމީ އެރަށުގެ ބަނދަރުގައި ޖާގަ ނެތުމުގެ ސަބަބުން ކަމަށެވެ.
ގެސްޓްހައުސް ވިޔަފާރި ވެސް ފުޅާވަމުން އަންނަ ފުވައްމުލަކަށް ދުވާލަކަށް ހައެއްކަ ސަފާރީ ވަދެ އެވެ. ޖާގަ ފުރިފައި އޮތުމުން ބައެއް ދުވަސް ދުވަހު ސަފާރީތައް ބަނދަރަށް ނުވަދެ ވެސް ދެ އެވެ.
ސަފާރީތައް އެ ރަށަށް އާއްމުކޮށް ދަނީ ފެމުނު މިޔަރު ބަލާލަން ޑައިވްކުރުމަށެވެ.
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
ޕީއެންއެފްގެ ނަން ކިލަނބުވާތީ އީސީއާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!

ފުކެއްބޮޑުވަރު