ޕިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަސްވެރިންގެ ޝަކުވާތައް އަޑުއެހުމަށް ގއ. ކޫއްޑޫއަށް ޒިޔާރަތްކޮށްފި އެވެ.
މިނިސްޓަރު ޑރ. ހުސައިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދެކުނަށް މަސްކިރާގޮތް ބަލާ މަސްވެރިންގެ ކަންބޮޑުވުމާ ޝަކުވާ އަޑުއެހުމަށް ގއ. ކޫއްޑޫގައި ހުންނެވި ކަމަށެވެ.
މިނިސްޓަރު ކޫއްޑޫގައި ހުންނެވިއިރު، މި ދުވަސްވަރު ދެކުނަށް މަސް ކިރާވަރު އިތުރުވެ، ގިނަ ދޯނިތަކެއް މަސް ކިރަން ދާތީ މިފްކޯއިން މަސް ގަންނަ އަދަދު ވެސް ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.
ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ މަސްވެރިން ބާނާ މަސް ނުކިރި، މަސް ގަތުން ސަރުކާރުން ކޮންޓްރޯލް ކުރުމާ ގުޅިގެން މަސްވެރިންގެ ޝަކުވާ އިންތިހާއަށް ވަނީ އިތުރުވެގެން ގޮސްފަ އެވެ.
މި ސަރުކާރުން މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފައިވާއިރު، އެ ވައުދުތައް ނުފެއްދޭތީ މަސްވެރިންގެ ޝަކުވާ އެބައޮތް ކަމަށް އެމްޑީޕީގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް މަސްވެރިންނަށް ހަމަ އަގު ހޯދައިދެއްވުމަށް ސަރުކާރަށް ވަނީ ނަޝީދު ވަނީ ގޮވާލާފަ އެވެ.
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟
